Episode 52

ބުނާށޭ ލޯބި ނުވަނީހޭ. (52 ވަނަބައި)

"ހެލް ނޯ.. އައިމް ސޯ ނޮޓް އިން އަ މޫޑް ޓު ޑައި ޓުޑޭ" މައިރާއަށް އެހާ ގާތް ނުވެވެނީސް ޝާވިން އަވަހަށް މައިރާގެ އަތުގައި ހިފައި ސަލާންކޮށްލީ އެފަދަ ފުރުސަތެއް ނުދޭށެވެ. "ބަޓް ޔެސް.. ސޯ ގުޑް ޓު މީޓް ޔޫ އޭޒް ވެލް. ތި ދެމީހުން ވާހަކަދައްކާލާ އިނގޭ.. މަލް އެބަ ގޮވާ ކަންނޭނގެ" އިވާންއަށް ބަލައިލުމަށްފަހު ހިނިއައިސްފައިހުރެ ބޯ ހޫރައިލަމުން ޝާވިން އެތަނުން ދިޔަ އެވެ.

"ޝޯންއަށް ކިހިނެއްބާ ވީ؟" މައިރާއަށް އަހައިލެވުނެވެ.

"ހީ ޖަސްޓް ލައިކްސް ހިޒް އައިޒް" އިވާން އާދައިގެ ގޮތަކަށް ކޮނޑު އަރުވައިލަމުން ބުންޏެވެ. އެ ޖަވާބުން މައިރާގެ ސުވާލުތައް ވީ އިތުރެވެ. އެހެނެއްކަމަކު އިތުރަށް ސުވާލު ކުރަން ނަހަދައި އެއްފަހަރު އިވާންއަށް އަނެއްފަހަރު ޝާވިން ދިޔަ ދިމާލަށް ބަލައިލަމުން ބޯ ހޫރައިލި އެވެ.

"އިވާންއަށް އެނގޭ ދޯ އެ ދެމީހުންގެ ކަންތައް؟ މަލް އަހަރެންނަށް ހުރިހާ ކަމެއް ސިއްރު ކުރިތާނގަ އިވާން ކީއްވެތަ އަހަރެންނަށް އަންގާ ނުލީ؟" މައިރާ ފެށީ މަލަކްއާއި ޝާވިންގެ މައުލޫ އެވެ.

"އަހަރެންނަށްވެސް ޔަގީންވީ މިއަދު ހެނދުނު. ލޯންޗުދޮށަށް ގޮސްފަ އެންމެން ކާރުން ފޭބި ފަހުން ޝޯން މަލް ގޮވައިގެން އެވާހަކަ ދައްކަން ނައްޓާލީ.. ކުރިންވެސް ޝައްކެއްވި އެކަމަކު…" އިވާން ދިފާއުގައި ބުންޏެވެ.

"ޝައްކެއްވިޔަސް ބުނަން ވާނެއެއްނު؟ އިވާންއަށް އެނގެއެއްނު މަލްގެ ކަމަކިއްޔާ އަހަރެން އެނގެން ބޭނުންވާނެކަން؟" މައިރާ ހިތްހަމަ ނުޖެހުނެވެ.

"މައިރާ ޝޯންއާމެދު ހިތްހަމަ ނުޖެހެނީތަ؟" މައިރާ އެ ކަންތައްގަނޑު އެހާ ބޮޑުކުރަން ޖެހޭ ސަބަބެއް އިވާންއަކަށް ނުވިސްނުނެވެ.

"ދެން އެހެންނެއް ނުބުނަމެއްނު. އަހަރެންނަށްވެސް އެނގެޔޭ ޝޯންއަކީ ރަނގަޅު މީހެއްކަން. މަލް ލޯބިވަންޏާ އެ ނިމުނީނު. އެކަމަކު އިވާންއަކަށް ނޭނގޭނެ މިރޭވެސް މަލް ދުރުދުރުން އެވާހަކަ ދެއްކީމަ އަހަރެން އެކަމާ ބޯ ގޮއްވި ވަރެއް... ދެންމެ އަހަރެން އިވާންގާތު އެ ހުރިހާ ވާހަކައެއް ދެއްކީމަވެސް އިވާން ރަނގަޅެއްނު އަހަރެން އޮޅުމެއްގެ ތެރޭގަ ނުބަހައްޓާ އެއްޗެކޭ ބުނަން؟ އަހަރެން ހީކުރީ އަނެއްކާ މަލްއަށް އިވާން-" މައިރާ އެއް ބަނދިވަރަކަށް އަމުނަމުން ދިޔަ ޝަކުވާތައް ހުއްޓުނީ ބުނެވެން އުޅެވުނީ ކީކޭކަން ރޭކައިލުމުންނެވެ. އެހެނަސް މައިރާގެ ކޮންމެ ޖުމްލައަކަށް ސަމާލުކަން ދީގެންހުރި އިވާންއަށް މައިރާ ބުނަން އުޅުނީ ކީކޭކަން މާ ރަނގަޅަށްވެސް ނަގައިގަނެވިއްޖެ އެވެ.

"ހްމްމް؟" އިވާންގެ ބުމަ ގޮށްޖެހުނެވެ.

"ނަތިންގް" މައިރާއަށް އިވާންއާ ދުރަށް މޫނު އަނބުރައިލަމުން ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ.

"ނޯނޯނޯ.. ޔޫ ސެޑް ސަމްތިންގް.. އަހަރެން ހީކުރީ މަލްއަށް އިވާން؟" އިވާން މައިރާއާ ގާތަށް ޖެހިލީ މައިރާގެ މޫނު ތަންކޮޅެއް ސާފުކޮށް ދެކިލުމަށެވެ.

"އެހެންވެތަ ދެންމެ މިތާހުރެ އަހަރެންގާތު ބުނީ މަލް ބޭނުން ގޮތެއް ހަދައިދޭށޭ؟" އިވާންގެ ސުވާލާއެކު މައިރާ ކުށްވެރިއަކު ފަދައިން އިވާންއަށް ބަލައިލި އެވެ. "ވާއު ޔޫ ވަރ ޓޯޓަލީ ފައިން ވިތް ލެޓިންގް މީ ގޯ؟ އެހާވެސް ފަސޭހަ ދޯ މައިރާއަށް؟" އިވާން ގަބޫލު ނުކުރެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލަމުން މައިރާއާ ދުރަށް ފިޔަވަޅެއް އަޅައިލަމުންނެވެ.

"ނޯ އައި- ވެއިޓް.. އަދިވެސް އިވާންތަ އަހަރެންނާ ދިމާލަށް ތިހެން ބުނަންވީ؟" މައިރާ ދިފާއުގައި ދައްކަންފެށި ވާހަކައިގެ ރާގު ބަދަލުވެގެން ދިޔައެވެ. "ވަޓް އަބައުޓް އޯލް ދަ ޓައިމްސް ޔޫ ޕުޝްޑް މީ އަވޭ؟ އިވާން އަހަރެން ދޫކޮށްލިތާ މިހާރު ކިތަންމެ ދުވަހެއްނު؟ އެހެންވީމަ އިވާންއަކަށް ތިހެން ބުނުމުގެ ހައްގެއް ނޯންނާނެ! އަހަރެންނަށް.. އަހަރެންނަށް މަލްގެ ވާހަކަ މިސްއަންޑަރސްޓޭންޑްވީ.."

"ތީއޭ މައިރާގެ މައްސަލައަކީ.. ކަމެއް މިސްއަންޑަރސްޓޭންޑްވީމަ އެންމެ ފަހަރަކުވެސް އައިސްފަ އަހަރެންނާ ސުވާލު ކޮށްލަން ރަނގަޅެއްނު؟ މިރޭވެސް މައިރާ އަހަރެންގާތު އަހާނުލާ އަހަރެންނާމެދު ތި ގޮތް ނިންމީ މީގެ އަހަރެއް ކުރިންވެސް ގޮތް ނިންމި ގޮތަށް! ހީވި ހީވުމެއްގެ މައްޗަށް" އިވާން ބުންޏެވެ.

"އިވާން ޕްލީޒް.. އަހަރެން ތި ވާހަކަ ދައްކާކަށް ބޭނުމެއް ނޫ-"

"އެކަމަކު އަހަރެން އެބަ ޖެހެއޭ މައިރާއާ މި ވާހަކަ ދައްކަން؟ އަހަރެންނަށް ހުރިހާ ކަމެއް އެނގިގެން ސުވާލު ކުރީމަ މައިރާ ކީއްވެ އަހަރެންނަށް ދޮގު ހެދީ؟" އިވާން ސުވާލުކުރި އެވެ.

"އަހަރެން ކޮންއިރަކު-"

"މައި... ދީސް ކޭމް ފޯރ ޔޫ" މައިރާގެ ޖުމްލަ މެދުކަނޑައިލަން ޖެހުނީ މާ ދުރުނޫން ހިސާބަކުން ނަދާލްގެ އަޑު އިވުމުންނެވެ. އޭނާ ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް މައިރާއަށް ދިއްކޮށްލީ ހުދުކުލައިގެ ބަނަފްސާ މަލާއި ކާނޭޝަން މަލުން ތައްޔާރު ކުރެވިފައިވާ ގުލްދަސްތާ އެކެވެ. އެ ގުލްދަސްތާ ފެނުމުން މައިރާއަށްވުރެ ބޮޑަށް އެ ގުލްދަސްތާއަށް ސަމާލުކަން ދެވުނީ އިވާންއަށެވެ.

"ހިއަރ.. އިޓްސް ޒެފް" ނަދާލް މިފަހަރު މައިރާއަށް ދިއްކޮށްލީ އަތުގައި އޮތް ފޯނެވެ. މައިރާ އެ ފޯނު ކަންފަތުގައި ޖަހައިލި ހިނދު އިވާންގެ ނިތަށް ރޫ ގިނަވެލި އެވެ. ހަނދާނަށް އައީ މީގެ އިރުކޮޅެއް ކުރިން ޝާވިން ބުނެފައި ދިޔަ ޖުމްލަ އެކެވެ.

"މާދަމާ ނޫންކަން ނޭނގެ ކޮންމެވެސް އޭނައާ އެއްވަރުގެ މަހުޖަނަކު ޕްރޮޕޯޒަލެއް ހިފައިގެން އަންނާނީ"

އިވާން ފަހަތަށް ޖެހިލަމުން ރެއިލިންގްގެ ދަގަނޑުގައި ބާރަށް ހިފަހައްޓައިލި އެވެ.

"ތެންކްޔޫ ޒެފް.. އަސްލުވެސް ވަރަށް ލޯބި. ނޯ ނޯ އިޓްސް އޯކޭ އައި އަންޑަރސްޓޭންޑް. ވަޓް؟" ކުއްލިއަކަށް މައިރާގެ މޫނަށް އަރައިގެންދިޔަ ހައިރާންކަމުގެ ކުލަވަރެވެ. ކައިރީގައިހުރި ނަދާލް ވީ ގޮތެއް އޮޅުން ފިލުވުމަށްޓަކައި ނިތް އަރުވައިލި އެވެ. މައިރާ ނަދާލްގާތު މަޑުކޮށްލުމަށް އިޝާރާތް ކުރާ ފަދައިން އަތް ހިއްލައިލަމުން އަނެއްކާވެސް ފޯނުން ވާހަކަ ދެއްކި އެވެ.

"ޒެފްއަށް ވަގުތެއްވަންޏާ މާދަމާވެސް މީޓް ކޮށްލެވިދާނެ.. ޔެސް.. ޔެސް ބައި ޓޭކް ކެއަރ." މައިރާ ފޯނު ކަނޑައިލުމަށްފަހު ނަދާލްއަށް ބަލައިލި އެވެ. "ޒެފް ބުނީ ސްކޫލް ޕްރޮޖެކްޓް ހުއްޓިފަ އޮތް ހިސާބުން ކުރިއަށް ގެންދަން އޯކޭއޯ.. ހީ އިޒް އެގްރީއިންގް ޓު ކޮންޓިނިއު" ލިބުނު ޚަބަރާއެކު ނަދާލްއާ ވެވިފައިވި ދެބަސްވުމުގެ މަތިންވެސް އޭނާ ހަނދާން ނެތުނު ކަހަލަ އެވެ.

"އާރ ޔޫ ސީރިއަސް؟" ނަދާލްގެ ސުވާލަށް މައިރާ ދެފަހަރަކު ބޯ ޖަހާލައި ޔަގީންކަން ދިނެވެ. "އާހް ފެންޓާސްޓިކޯ.. މާދަމާ ބައްޕައަށް އިންފޯރމް ކޮށްލާނީ. އޯލްސޯ.. ޕީއްޒާ އައިސްފި އެނގޭ. ކައިގެން އައިސް ވާހަކަދައްކަން ތިބެން ވީނު" ނަދާލް ދެން ބަލައިލީ އެތަނުގައިހުރި އިވާންއަށެވެ.

"ނޫނޭ. ތިމީހުން ގޮސްލާ.. އަހަރެން އިރުކޮޅަކު މަޑުކޮށްލާފަ ގެއަށް ދާނީ… އަދިވެސް ލީންއާ ފޭސް ކުރާކަށް ރެޑީއެއް ނޫން" އިވާން ހަގީގަތް ހާމަކުރި އެވެ.

ނަދާލްއަށް ރައްދުގައި ބުނެވޭނެ އެއްޗެއް ނެތުމުން ބޯ ޖަހައިލުމަށްފަހު އެތަނުން ދިޔަ އެވެ. އޭރު އިވާންއަށް ހުރެވުނީ ފުން ވިސްނުމަކަށް ގެއްލިފަ އެވެ. އޭނާއަށް ސިހުމެއް ލިބުނީ ފިނި އަތްތިލައަކުން އޭނާގެ މުލައްދަނޑީގައި ބީހިލުމުންނެވެ.

"ތި ގޮތް ކަމަކު ނުދާނެ.. ކިހާ ދުވަހަކު އިވާން ލީންއަށް ފިލައިގެން އުޅޭނީ.. ހިނގާ" އިވާންގެ އަތަށް ކުޑަކޮށް ދަމައިލަމުން މައިރާ ބުނެލި އެވެ.

"މައިރާ..." އިވާން ގޮވައިލީ އޭނާއަށް އައިލީންއާ ކުރިމަތިލާން މަޖުބޫރު ނުކުރާށޭ ބުނާ ފަދަ ރާގެއްގަ އެވެ.

"އިވާން..." މައިރާވެސް ހަމަ އިވާން އެ ގޮވައިލި ރާގުގައި ގޮވައިލި އެވެ. އެންމެ ފަހުން އިވާންއަށް ޖެހުނީ ހަތިޔާރު ބެހެއްޓުމަށްފަހު މައިރާއާއެކު ކުރިއަށް ހިނގައިގަންނާށެވެ.

"ޔޫ ސީމް ޓު ލައިކް ދަ ފްލާވަރޒް އަ ލޮޓް" ލަސްފިޔަވަޅުތަކެއްގައި ހަޓާ ދިމާލަށް ދިޔައިރު މައިރާގެ އަތުގައި އޮތް ގުލްދަސްތާއިން ވަސް ބަލައިލި މަންޒަރު ފެނި އިވާންއަށް ބުނެވުނެވެ.

"ހްމްމް. ވަރަށް ދުވަސްފަހުން މާބޮނޑިއެއް މި ލިބުނީ.. އައި ނޯ އިޓްސް ޖަސްޓް ކޮންގްރެޖުލޭޝަންސް ފްލަވަރޒް.. އިޓްސް ސްޓިލް ސަމްތިންގް ދޯ.. ޒެފްއަށް މިރޭ ނާދެވުނީމަ އެ ފޮނުވީ. ހީ އިޒް ސަޗް އަ ޖެންޓްލްމޭން" މައިރާ މައުސޫމުކަމާއެކު ބުނެލި އެވެ.

"ޖެންޓްލްމޭން.. މުޅި ދުވަހު އެއްކޮށް އުޅެފަވެސް ހަމަ މި ގަޑީގަ ދޯ ތި މާބޮނޑިއެއް ފޮނުވަން އެނގުނީ" އިވާންއަށް ހިތާހިތުން ކުދި ކިޔައިލެވުނެވެ.

"އެއްޗެކޭ ބުނިންތަ؟" މައިރާ އަހައިލި އެވެ.

"މިބުނީ މިއަދު މެންދުރު ކޮފީއަކަށް އަރަންދިޔަ ގަޑީގަ ދުށީމޭ މައިރާ ޒެފަންއާއެކު ކާރުގަ ދިޔަތަން" އިވާން ބުންޏެވެ.

"މިއަދު މެންދުރު؟ ޒެފްއާ އެކީގައެއް ނޫން މެންދުރު އުޅުނީ. ތި ވާނީ ކޮމްޕެނީ ލޯޔަރ ކަމަށް. ޒެފްގެ ކަޒިންއެއް އެއީ.. ވައްތަރު ގޮތެއް ހުންނާނެ.. އެގަޑީގަ ޕޮލިސް ސްޓޭޝަނަށް ދާން ޖެހިގެން އޭނަ އަހަރެން ބަލާ އައީ" މައިރާ ކުޑަކޮށް ހަނދާން އާކޮށްލަމުން ބުންޏެވެ. "ވެއިޓް.. ވަރ ޔޫ ޖެލަސް؟" އޭނާ ދެން އިވާންއަށް ދިން ނަޒަރުގައިވަނީ ލާނެތް ކަމެވެ.

"ވަޓް؟ ނޯ" އިވާންގެ ފިޔަވަޅުތައް އަވަސްކޮށްލަމުން މައިރާއަށްވުރެ ކުރިންގޮސް ހަޓަށް ވަނެވެ. ޝާވިންއާ ޖެހިގެންހުރި ހުސް ޖާގައެއްގައި އިށީނދެލުމަށްފަހު އިސްއުފުލައިލިހިނދު އޭނާގެ ކުރިމައްޗަށް ވާހެން އިށީނދެލައިގެން އިނީ އައިލީން އެވެ. ހިނދުކޮޅަކަށް ދެމީހުންގެ ނަޒަރު ސީދާވި ނަމަވެސް އައިލީން އަވަސްއަވަހަށް އެ ނަޒަރު ވަކިކޮށްލީ އިވާންއާ ޖެހިގެން އިން ޝާވިންއަށް ގޮވައިލަމުންނެވެ.

"ޝޯން.. ކޭން ވީ ޓޯކް؟" އައިލީންގެ އަޑަށް އެތަނުގައިތިބި އެންމެންގެ ސަމާލުކަން ޝާވިންއަށް ހުއްޓުނެވެ.

ޝާވިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށްފަހު މަލަކްގާތު "އެބަ އަންނަން" ކަމުގައި ބުނެފައި އައިލީންއާއެކު އެ ހަޓު ދޫކޮށް ހިނގައިގަތެވެ. އެއާއެކު އެތަނުގައި ހުއްޓިލައިގެންހުރި މައިރާ ދިމާކޮށްލީ ހުސްވެގެންދިޔަ އައިލީންގެ ޖާގައިގައި އިށީނުމަށެވެ. އެހެނަސް މައިރާއަށް އެދިމާލަށް ފިޔަވަޅެއްވެސް ނޭޅެނީސް އިވާން ކުރިން ޝާވިން އިން ޖާގައަށް ޖެހިލައި މައިރާއަށް އޭނާއާ ގާތުން ޖާގައެއް ހުސްކޮށްލައިދިނެވެ. މައިރާއަށް އެ އިޝާރާތް ނަގައިގަނެވުމާއެކު އިވާން ހުސްކޮށްދިން ޖާގައިގައި އިށީނދެލުމަށްފަހު އަތުގައި އޮތް ގުލްދަސްތާ އިވާންއާ ދެމެދުގައި ހުރަހެއް ގޮތަށް ބާއްވައިލި އެވެ.

-------------

"ޝޯން.. ކިހިނެއްތަ؟" ހަޓާ ދިހަ ވަރަކަށް ފޫޓު ދުރަށް އާދެވުމާއެކު އައިލީން ޖެހިލުންވެފައިހުރެ އަހައިލި އެވެ. އެދެމެދުގައި ކުރިން އޮތީ ކިތަންމެ ގާތް އެކުވެރިކަމެއް ނަމަވެސް މައިޝާންއާ ކުރި ކައިވެނީގެ ދައުވަތުކާޑު ފޮނުވި ރެއަށްފަހު މިއީ އޭނާއަށް ޝާވިންއާ ވާހަކަދެއްކޭ ފުރަތަމަ ފަހަރެވެ.

"ހަމަ އަލްހަމްދުލިއްﷲ. ލީން ރަނގަޅުތަ؟" ޝާވިންވެސް އަހައިލި އެވެ.

"މިރޭ ވަރަށް ބޮޑުތަން ހާލު ރަނގަޅުވެއްޖެ.. ޝޯން މަލްއާއެކު ފެނުނީމަ އަހަރެންގެ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ. އަހަރެން ހުރީ އަސްލު ވަރަށް ކަންބޮޑުވެފަ ޝޯން.. ހީކުރީ-"

"ހީކުރީ އަހަރެން ދެން ލީންގެ ހަނދާނުގަ އުމުރު ހުސްކޮށްލާނީއޭ؟" އައިލީންގެ ފެށި ޖުމްލަ ފުރިހަމަ ކޮށްލައި ދިނީ ޝާވިން އެވެ. އޭނާގެ އަޑުގައި އެއްވެސް މަލާމާތެއް ނުވަތަ ހިތްހަމަނުޖެހުމެއް ނެތް ނަމަވެސް އައިލީންއަށް ހީކުރެވުނީ އެއީ އައިލީންއަށް އަމާޒުކޮށް ފޮނުވައިލި ބަހުގެ ހަމަލާއެއް ކަމުގަ އެވެ.

"ޝޯން އައިމް ސޯ ސޮރީ-"

"ނޯ ލީން.. ލީން މަޢާފަށް އެދޭކަށް ނުޖެހޭނެ. މަލްއާ ދިމާވުމުގެ ކުރިން އަހަރެންނަށްވެސް ހީވެފަ އޮތީ ހަމަ ތިހެން. ދުވަހަކުވެސް ލީން މަތިން ހަނދާން ނައްތައި ނުލެވޭނޭ ހީކުރިން.. ބަޓް ދަ ޑޭ އައި ސޯ ހަރ ލީން.. ދަ ވޭ ޝީ ފެލް އިންޓު މައި ލައިފް.. ހެހެ.. އޯ ރޭދަރ އައި ފެލް އިންޓު ހަރސް.. އިޓް ވޯޒް މެޖިކަލް"

ޝާވިންގެ ވާހަކައިން މިފަހަރު އައިލީންގެ ހިތަށް ތަސައްލީއެއް ލިބިގެންދިޔަ އެވެ. "ވަރަށް އުފާވެއްޖެ.. މަލްއަށް ޝޯންކަހަލަ ރަނގަޅު މީހަކު ލިބުނީމަ. ޝީ އިޒް ވެރީ ލަކީ" އޭނާ ބުންޏެވެ.

"އައިމް ދަ ލަކިއަސްޓް" އައިލީންގެ ވާހަކައާ ދެބަސްވަމުން ޝާވިން ބޯ ހޫރައިލިއިރު މަލަކްގެ ހިޔާލުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. "އަސްލު ލީންގެ މަޢާފަށް އެދެން ޖެހޭނީ އަހަރެން. ލީން އެންމެ އެކަނިވެ ބަލިކަށިވި ދުވަހު އަހަރެންނަށް މާބޮޑަށް ލީންއަށް ޕްރެޝަރ ކުރެވުނީ.. ލީން މާލޭގަ މަޑުކުރީ އަހަރެންނާހެދި.. އެކަމުގެ ތެރޭގަ ލީންއަށް ގޯސް ނިންމުންތަކެއް-"

"ނޫނޭ ޝޯން. އަހަރެންނަށް ދިމާވި ކަންތައްތަކުގަ ޝޯން ޒިންމާވާންޖެހޭ އެއްވެސް ކަމެއް ނެތް. މާލެ އައުމުގެ މާ ކުރިން އަހަރެން ތި ބުނާ ގޯސް ނިންމުންތަކެއް ނިންމީ. އެ ނިންމުންތަކުގެ ފަހަތުން މާލެއަށްވެސް އާދެވުނީ.. އެކަމަކު މިހާރު އެބަ ހީވޭ.. އެއީ މުޅިއަކުން ގޯސް ނިންމުންތަކެއް ނޫންހެން" ޝާވިންގެ ވާހަކަތައް މެދުކަނޑައިލަމުން އައިލީން ދުރުގައި އިން ނަދާލްއަށް ބަލައިލި އެވެ. އެކަން އެނގުމާއެކު ނަދާލް އަވަސް އަވަހަށް މޫނު އަނބުރައިލި ނަމަވެސް އޭގެ ކުރިން ނަދާލްވެސް އިނީ އޭނާއަށް ބަލަހައްޓައިގެންކަން އައިލީންއަށް އެނގުނެވެ.

"އިން ދެޓް ކޭސް.. އައިމް ރިއަލީ ހެޕީ ފޯރ ޔޫ ޓޫ. ހީ ޑެފިނިޓްލީ ލުކްސް ލައިކް ހީ ވޯކްޑް އައުޓް އޮފް ވަން އޮފް ދޯސް ބުކްސް ދެޓް ޔޫ ރީޑް" ޝާވިން ބުނެލި މަޒާޖީ ޖުމްލައާއެކު އައިލީންގެ ފަރާތުން އިވިލީ ލުއި ހުނުމެއްގެ އަޑެވެ.

"އައި މީން ހީ އިޒް އިޓާލިއަން" އައިލީން ބުނެލި އެވެ.

"ރިއަލީ.. އައި ކުޑުންޓް ޓެލް" ޝާވިން ހައިރާންކަމުގެ އެކްޓެއް ޖައްސައިލަމުން އެހެން ބުނެލުމާއެކު އައިލީން ޕަކަޕަކަ ލާފައި ހޭން ފެށިއިރު ޝާވިންއަށްވެސް އެ ހުނުމުގައި ބައިވެރި ވެވުނެވެ.

އައިލީން އާއި ޝާވިން ދުރަށް ހިނގައިގަތީއްސުރެން ނަދާލް ދިޔައީ އެދެމީހުންގެ ހަރަކާތްތަކަށް ފާރަވެރި ވަމުންނެވެ. ފުން ވިސްނުމެއްގައި އިން މީހަކު ފަދައިން ތުނބުޅީގައި އަތް ހިންގަމުން ދިޔައިރު ހުއްޓުމެއްނެތި ފައި ތަޅުވަމުންދިޔަ ގޮތުން ހީވީ ދެންމެ ދެންމެ އިންގޮނޑިން ތެދުވެ އައިލީންއާ ދިމާލަށް ދުއްވައިގެންފާނޭ ހެނެވެ. އޭނާ އެވަރަށްވެސް ނަފްސު ހިފަހައްޓާލައިގެން އިނީ ޝާވިންއާ ވާހަކަދެއްކުމަށް އިސްނަގައިގެން ގެންދިޔައީ އައިލީން ކަމަށްވާތީ އެވެ. ވުމާއެކު އައިލީން ދައްކަން އޮތް ވާހަކައަކިއްޔާ ދައްކާނެ ފުރުސަތު ދޭން އޭނާ ބޭނުންވީ އެވެ. އެހެނަސް ޝާވިން ބުނި ވާހަކައަކަށްފަހު އައިލީން މާ ގަދައަށް ހޭން ފެށުމުން ނަދާލްއަށް އެގޮތުގައި އިންނަން އުނދަގޫވި އެވެ. އެތަނުގައި ކާން އިން މަލަކްއަށް ބަލައިލުމަށްފަހު ސިއްރުސިއްރުން މައިރާއަށް ގޮވައިލި އެވެ.

"މައި.. ޕްސްސްޓް" މައިރާ ކުރިއަށް ޖެހިލީ ނަދާލް ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމުގެ ނިޔަތުގަ އެވެ.

"މީނަގެ ވާހަކައެއް ނޫންތަ މައި ދެއްކީ؟ މައި އެރަށުގަ އުޅުނުއިރު ލޫނާގެ ފަހަތުން ނުނެއްޓިގެން އުޅުނު މީހާއެއް ނޫންތަ މިއީ" ނަދާލް ބޮލުން އިޝާރާތްކޮށްލީ ޝާވިންމެން ތިބި ދިމާލަށެވެ.

"ހްމްމް. ޝޯންގެ ވާހަކަ ބުނީ.. ކިހިނެއްވީ؟" މައިރާ އަހައިލި އެވެ. އެމީހުން ވާހަކަދައްކަމުން ދިޔައީ އެތަނުގައި އިން މަލަކްއަށް ނީވޭނެހާ މަޑުންނެވެ.

"ދެން ކޮން ވާހަކައެއްތަ އެދެމީހުން ވަކިން ދައްކަން އޮންނާނީ؟" ނަދާލް ފޫހި ގޮތަކަށް އަހައިލި އެވެ. މައިރާއަށް ވަގުތުން ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ.

"ޗިލް ނެޑް! ލީންއާއި ޝޯން އެއީ ކުޑައިރުއްސުރެން ގާތް ދެ ރަހްމަތްތެރިން.. ޖަސްޓް ލެޓް ދެމް ޓޯކް އެންޑް ކެޗް-އަޕް އޯކޭ؟" ދެމީހުންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމާ އެކުވެސް މައިރާ ބެލީ ނަދާލް ހަމަޖެއްސޭތޯ އެވެ. "ޔޫ ކޭން ރިލޭކްސް..ކަންތައްތައް މިއޮތީ ބަދަލުވެފަ އެއްނު. ޝޯން މިހާރު ލޯބިވަނީ މަލްދެކެއޭ"

"ކިހިނެއް ޔަގީންކޮށް ތިހެން ބުނަން އެނގެނީ؟ އައި ޑޯންޓް ޓްރަސްޓް ހިމް" ނަދާލްގެ ނުތަނަވަސްކަން ކުޑަކޮށްވެސް ފިލައި ދިޔަހެން ހިއެއްނުވެ އެވެ.

"ޔޫ ކޭން ޓްރަސްޓް މީ.." އެދެމެދުގައި ދެކެވެމުންދިޔަ ވާހަކަ އަޑުއަހަން އިން އިވާންވެސް މައިރާއެކޭ އެއްފަދައިން ގޮނޑީގެ ކުރިއަށް ޖެހިލި އެވެ. "ޓޭކް މައި ވޯޑް. ޝޯންއެއް މަލްއަކަށް ދެރަގޮތެއް ނަހަދާނެ.. އޮޅުވާލައިގެން މީހަކުދެކެ ލޯބިވާކަމުގެ ދަޅަ ދައްކާނެ މީހެއް ނޫން ޝޯންއަކީ" އިވާން ޔަގީންކަން ދިނެވެ.

ނަދާލް އަނެއްކާވެސް ބަލައިލީ އެތަނުގައި އިން މައިރާއަށެވެ. މައިރާ އިވާންގެ ވާހަކައަށް ތަރުހީބުދީ ބޯ ޖަހައިލުމާއެކު ނަދާލް އެ މައުލޫ ދޫކޮށްލި އެވެ. އެއާއެކު އިވާން ކުރިން އިން ފަދައިން ގޮނޑީގެ ފަހަތަށް ޖެހިލީ "ނޭނގުމެއްގެ ތެރޭގައި" އޭނާއާއި މައިރާގެ ދެމެދުގައި ބާއްވާފައި އޮތް ގުލްދަސްތާގައި އަތުން ޖަހައި ބިންމައްޗަށް ވައްޓައިލަމުންނެވެ. މައިރާ ވަގުތުން އެ ގުލްދަސްތާ ނަގަން ގުދުވެލި އެވެ. ނަމަވެސް އެހާ އަވަހަށް އިވާން ވަނީ "ނޭނގުމެއްގެ ތެރޭގައި" އަރައިގެންހުރި ފައިވާނާއެކު އެ ގުލްދަސްތާއަށް ފައިން އަރައި އޭގައިވާ މާތަށް ޗިސްކޮށްލައިފަ އެވެ. މައިރާ އެކަމާ އެއްޗެއް ބުނަން އުޅެފައިވެސް އެވަގުތު އައިލީންއާއި ޝާވިން އެތަނަށް އައުމުން އަޅާނުލައި ދޫކޮށްލީ އެވެ.

"ވަރަށް ލަސްވެއްޖެ ދޯ.. ކޭން ވީ ލީވް ލޫނާ؟" ނަދާލް ހީވީ އައިލީންމެން ނައިސްގެން ލަސްވެފައި އިން މީހަކު ހެނެވެ. އަވަހަށް އިންތަނުން ތެދުވެ އައިލީންގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލީ ޝާވިން އެއީ އެތަނުގައި ހުރި މީހަކަށްވެސް ހަދައިނުލަ އެވެ.

"އަހަރެންވެސް ގޮސްލީ.. މާދަމާ ގުޅައްޗޭ!" އިވާންވެސް ފޯނުން ގަޑި ބަލައިލަމުން ތެދުވެ ޝާވިންގެ ކޮނޑުގައި ޖަހައިލި އެވެ.

"މައި؟ މަލްކޮ؟" ނަދާލް ގޮވައިލި އެވެ.

"އަދި ދެންމެ އެއްނު ޝޯންއަށް އެ އާދެވުނީވެސް. މަލް އަދި މަޑުކޮށްލާނީ.. މައި މަޑުކުރާނެ މަލްއާ އެއްކޮށް ދޯ" ނަދާލް ބަލައިލުމާއެކު މަލަކް ބުންޏެވެ.

"އޯކޭ އޯކޭ.. އެކަމަކު އެހާ ލަސްވަންދެން ނީންނާތި. މައިވެސް މިއަދު އެހާ ބިޒީކޮށް އުޅުނީމަ ޓަޔަޑްވެފަ ހުންނާނީ. މި ގިފްޓްސްތައް ތިރިއަށް ގެންގޮސްދޭން މައިއަށް ހެލްޕްވައްޗޭ މަލް" ނަދާލްގެ ވާހަކައަށް މަލަކް ބޯ ޖަހައިލި އެވެ. އަދި އައިލީންގެ އަތުގައި ހިފައިގެންގޮސް ލިފްޓަށް ފިތައިލި އެވެ. އިވާން އެމީހުންނާއެކު ލިފްޓަށް އެރުމުގެ ބަދަލުގައި ފޭބީ ސިޑިންނެވެ.

"ދެން ދެމީހުން މާ ދުރަށްގޮސް ކޮން ވާހަކައެއްތަ ދެއްކީ؟" ލިފްޓުގެ ތެރޭގައި އައިލީންއާއެކު އެކަނިވެލި ހިނދު ނަދާލް އައިލީންއާ ގާތްވެލަމުން އަހައިލި އެވެ.

"ކާކު؟ ޝޯންތަ؟ ބޮޑަށް މަލްގެ ވާހަކަ. ދެން ނަދާލްގެ ވާހަކަވެސް. އެހެހެ. އެނގޭތަ ޝޯން ނަދާލްއަށް ދިން ވަރަށް ހައި ކޮމްޕްލިމެންޓެއް. އެކަމަކު އަހަރެން މިހާރު އެވާހަކަ ބުނިއްޔާ ނަދާލްގެ އީގޯ ސްކައިރޮކެޓެއްހެން އަރާނެ ސޯ އައި ވިލް ޓެލް ޔޫ ވެން ދަ ޓައިމް އިޒް ރައިޓް" އައިލީން ނަދާލްގެ ނޭފަތުގައި ކޮށްޓައިލުމަށްފަހު ލިފްޓުން ނުކުތެވެ.

ނަދާލްވެސް ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވައިލުމަށް އައިލީންގެ ފަހަތުން ލިފްޓުން ނުކުތެވެ. އެޕަރޓްމެންޓްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު އައިލީން ހިފައިގެން އައި ބަންދުކޮށްފައިވާ ފިލައެއް ޒާތުގެ އެއްޗެއް އޭނާގެ ލޮލުގައި އަޅައިގަތެވެ.

"ކޯއްޗެއް ތި ގެންގުޅެނީ؟" ނަދާލް ދޮރު ލައްޕައިލަމުން ސުވާލު ކޮށްލި އެވެ.

"ގެސް؟" އައިލީން ސޯފާގައި އިށީނދެލުމަށްފަހު ތިރި މޭޒުމަތީގައި އޭތި ބާއްވައިލި އެވެ. އަދި ފަރުވާތެރިކަމާއެކު އޭގެ ވަށައިގެން އޮޅާފައިވާ ކަރުދާސް ނައްޓަން ފެށި އެވެ.

"މަލް ރަށުން އައިއިރު އަހަރެން ބުނީ މީތި ގެނެސްދޭން. ހަނދާންވެއްޖެތަ؟" އައިލީންގެ ސުވާލާއެކު ނަދާލް ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ މޭޒުގެ ކައިރިއަށް ތިރިވެލި އެވެ. އެތަނުގައިވި ރަންކުލައިގެ ފަނޑު އަލީގައިވެސް އޭނާއަށް މޭޒުމަތީގައި ބާއްވައިލެވިފައި އޮތް ފްރޭމްކޮށްފައިވާ ކުރެހުން ފާހަގަކުރަން އެނގުނެވެ. އެއީ ރިސޯޓުގެ އާރޓް ގެލެރީއިން އައިލީންއަށް ކަމުދިޔަހެން ހީވެގެން އޭނާ އައިލީންއަށް ހަދިޔާކުރި ކުރެހުމެވެ.

"އޮފްކޯސް.. ލޫނާއާ ގުޅޭ އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކުން ނުފިލާނެއެއްނު. އެއީ ކިތަންމެ ކުޑަ ކަމެއް ވިޔަސް" ނަދާލް އެ ކުރެހުމުން ނަޒަރު ވަކިކޮށްލަމުން އައިލީންއަށް ބަލައިލި އެވެ.

"ކުޑަ ކަމެކޭ ތި ބުނަނީ ޓްވެންޓީ ފައިވް ހަންޑްރެޑް ޑޮލަރޒް ގެ ޕެއިންޓިންގް އަކަށް އިނގޭ" އައިލީން ނުހަނު ގަޔާވެފައި އިނދެ އެ ކުރެހުމުގެ މަތިން އަތް ހިންގައިލި އެވެ.

"ވަޓްސް އަ މިއަރ ޕެއިންޓިންގް؟ ލޫނާ ތިގޮތަށް އަހަރެންނަށް ފެންނަ ހިސާބުގަ ބައިންދާލަން އެކަނިވެސް ތިކަހަލަ ކިތަންމެ ޓްވެންޓީ ފައިވް ހަންޑްރެޑް ޑޮލާރޒްއެއް ސްޕެންޑް ކުރެވިދާނެ" ނަދާލް ބުންޏެވެ.

"ސާބަސް ނަދާލް" އައިލީންއަށް ނަދާލްގެ ބަސްތައް ސީރިއަސްކޮށެއް ނުނެގުނެވެ.

"ނޯ އައިމް ސީރިއަސް.." ނަދާލް އައިލީންގެ ދެއަތް އެ ކުރެހުމާ ވަކިކޮށްލުމަށްފަހު އޭނާގެ ދެ އަތުގެ ތެރޭގައި ހިފަހައްޓައިލި އެވެ. "ލޫނާ އައި.. އައި ހޭވް ސަމްތިންގް ޓު ޓެލް ޔޫ.. އަސްލު އަހަރެން މި ވާހަކަ ދައްކަން ހުރީ ލޫނާގެ އުފަންދުވަހުގެ ރޭ.. އެކަމަކު.. އެ ފުރުސަތު ނުލިބުނީ.. ލޫނާ… އަހަރެންނަށް އެނގޭ މާޒީގަ ލޫނާއަށް ކުރެވިފަ ހުރި ތަޖުރިބާތަކަށް ބަލައި ލޫނާއަށް އެއްވެސް މީހަކަށް ފަސޭހައިން އިތުބާރު ނުކުރެވޭނެކަން. ބަޓް އައި ވިލް ޓްރައި ބޭބީ.. އައި ވިލް ޓްރައި ސޯ ޑޭމްން ހާރޑް ޓު އާރން ޔޯ ޓްރަސްޓް ބިކޯޒް.. ފޯރ ދަ ސޭކް އޮފް މައި އޯން ސެނިޓީ.. އައި ހޭވް ނޯ ޗޮއިސް ބަޓް ޓު ބީ ވިތް ޔޫ"

ނަދާލްގެ ދެލޮލުގައިވަނީ ބުނެދޭން ނޭނގޭކަހަލަ އަސަރެކެވެ. އުއްމީދެވެ. އާދޭހެވެ. އިސާހިތަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އައިލީން އެ ކުރެހުމުގެ މަތިން މުޅިން ހަނދާންނެތުނެވެ. އޭނާގެ ފުރިހަމަ ސަމާލުކަން މިހާރު ދެވިފައިވަނީ ނަދާލްގެ ވާހަކަ ތަކަށެވެ.

"ލޫނާ ފެނުނު ފުރަތަމަ ދުވަހުއްސުރެން އަހަރެންނަށް ލޫނާ ނޫން މީހަކާ ދޭތެރޭ ނުވިސްނޭ.. މި ޕެއިންޓިންގް.. އެ ޑިނަރ.. ހުރިހާ ކަމެއްވެސް ބަހަނާއަކަށް ހަދައިގެން އަހަރެން ލޫނާއާ ބައްދަލުކުރީ ލޫނާ ދެކޭ ހިތުން. ލޫނާއަކަށް ނޭނގޭނެ އަހަރެން މި ހުރިހާ އިހުސާސަކަށް ފިލަން ކުރި މަސައްކަތެއް. ޔޫ ހޭވް ނޯ އައިޑިޔާ ހައު ހާރޑް އިޓް ވޯޒް ޓު ޕްރިޓެންޑް ލައިކް ޔޫ ޑިޑިންޓް މެޓަރ.. އެންޑް ޔޫ ހޭވް ނޯ އައިޑިޔާ ހައު ހާރޑް އިޓް ވޯޒް ޓު ސީ ޔޫ ސަފަރ.. ޓު ސްޓޭ އަވޭ ފްރޮމް ޔޫ.. ޓު ލެޓް ޔޫ ހީލް އެލޯން.. ސޯ މެނީ ނައިޓްސް.. އައި ސޯ ޔޫ އަވޭކް އެންޑް ވޯންޓެޑް ޓު ކަޑްލް ވިތް ޔޫ ޓިލް ސަންރައިޒް.

ސޯ މެނީ އީވްނިންގްސް.. އައި ސޯ ޔޫ ސްޓެއަރިންގް އެޓް ދެޓް ބްލޭންކް ވޯލް އެންޑް ވޯންޓެޑް ޓު ކިސް ޔޯރ ވޮރީޒް އަވޭ. ސޯ މެނީ ނޫންސް.. އައި މިސްޑް ޔޯރ ސްމައިލް އެންޑް ވޯންޓެޑް ޓު ޑާންސް ވިތް ޔޫ ޓު އަވަރ ފޭވްރިޓް ސޯންގް. ސޯ މެނީ މޯރނިންގްސް.. އައި ވޯންޓެޑް ޓު މޭކް ލަވް ޓު ޔޫ.. ޕްލީޒް.. ޕްލީޒް ލެޓް މީ ޑޫ އިޓް ބޭބީ.. އޯލް އޮފް އިޓް.. ވިތް ޔޫ.."

ނަދާލްގެ ވާހަކަ އެހިސާބަށް ދިޔައިރު އައިލީންއަށް ކޮންމެވެސް ވަރަކަށް އެ ވާހަކައިގެ މިސްރާބު އެނގެން ފަށައިފި އެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ނަދާލްގެ ދެލޮލަށް ބެލުން އޭނާއަށްވީ އުނދަގޫ ކަމަކަށެވެ. އަވަސްވެފައިވާ ހިތުގެ ތެޅުން ނަދާލްއަށް ސިއްރުވޭތޯ ދުޢާ ކުރަމުން އިސްޖަހައިލި އެވެ. އެހެނަސް ނަދާލް އޭނާއަށް އެ ފުރުސަތު ނުދީ ތުރުތުރު އަޅަމުންދިޔަ ދެއަތުން އޭނާގެ މޫނުގައި ހިފައި އިސްއުފުލައިލުމަށްފަހު ނަދާލްއާ ހަތަރުކަޅި ހަމަކުރުވި އެވެ. ނަދާލްގެ ދެލޮލުގައިވި ތެތްކަމުގެ ސަބަބުން ރަން އަލީގައި އެ ދެލޯ ބަބުޅަމުންދިޔައީ މާމުއިގެ ކަނޑެއް ފަދައިންނެވެ. އެ ކަނޑުގެ ތެރޭގައި ޢަރަގުވެގެން ނުދަނީސް އައިލީންއަށް އޭނާގެ ނޭވާ ހިފަހައްޓައިލަން މަޖުބޫރުވި އެވެ.

"ލޫނާ.. ޔޫ.. ޔޫ ހޭވް.. ޔޫ ހޭވް- ވެއިޓް އައި މާރކްޑް އިޓް ހިއަރ" ނަދާލް ކުއްލިއަކަށް ދުރަށް ޖެހިލުމާއެކު އައިލީންއަށް އޭނާ ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. އޭނާ ބަލަ ބަލައި އިންދައި ނަދާލް އެތަނުގައިހުރި ތިރި ކޮފީ މޭޒުގެ އަޑީގައިވާ ކެބިނެޓަކުން ނެގީ އޭނާ ކިޔަން ގެންގުޅޭ ވާހަކަ ފޮތެކެވެ. ނަދާލް އެ ފޮތުން ފާހަގަ ކުރެވިފައިވާ ޞަފްހާ ހޯދައިލުމަށްފަހު އަނެއްކާވެސް އޭނާ ގާތަށް އައިސް ދެކަކޫ މައްޗަށް އިށީނދެލި އެވެ.

ފޮތުން ހުޅުވާލެވިފައިވާ ޞަޕްހާ އައިލީންގެ ލޮލުގައި އަޅައިގަތުމާއެކު އައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އާނއެކެވެ. އެއީ އޭނާގެ ހަޔާތުގައި ކީފައިވާ ހުރިހާ ފޮތްތަކުގެ ތެރެއިންވެސް އޭނާ އެންމެ ގަޔާވާ ވާހަކަ ފޮތް ކަމުގައިވާއިރު އޭގެއިންވެސް އޭނާ އެންމެ ގަޔާވާ ޞަފްހާ އޭނާއަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟

"ލޫނާ.. ޔޫ ހޭވް ބީވިޗްޑް މީ ބޮޑީ އެންޑް ސޯލް.. އެންޑް އައި ލަވް.. އައި ލަވް.. އައި ލަވް ޔޫ. އައި ނެވަރ ވިޝް ޓު ބީ ޕާރޓެޑް ފްރޮމް ޔޫ ފްރޮމް ދިސް ޑޭއި އޮން" ނަދާލް އެ ސަފްހާއިން ފާހަގަކުރެވިފައިވާ ދެ ފޮޅުވަތް ފަރުވާތެރިކަމާއެކު ކިޔައިލުމަށްފަހު އެ ފޮތް އައިލީންގެ އުނގުގައި ބާއްވައިލި އެވެ. އަދި ޖީބުން ނެގި ކަނޑު ނޫކުލައިގެ މަހުމާ ފޮށްޓެއް އައިލީންގެ ކުރިމަތީގައި ހުޅުވައިލި އެވެ. "ލޫނާ.. ޕެރް ފަވޯރޭ، ވޮއި.. ވޮއި ސްޕޮޒާރްމީ؟"

އައިލީންއާ މުޅީން ބީރައްޓެހި ބަހަކުން ނަދާލް ކޮށްލި ސުވާލުގެ ތަރުޖަމާއެއް މިފަހަރު އައިލީންއަކަށް ބޭނުމެއް ނުވި އެވެ. އޭނާގެ އެއް ލޮލުގެ ހިމަކޮޅުން ނީރައިލި ކަރުނަތިކި ރަމްޒުކޮށްދިނީ ނަދާލްގެ ހިތާ އެންމެ ގާތް ބަހުން އެ ކުރި ސުވާލު އޭނާގެ ހިތާ ހަމައަށް ވާސިލްވެއްޖެ ކަމެވެ. އަނގަމަތީގައި ދެއަތް އަޅައިލައިގެން އޭނާއަށް އިނދެވުނީ ނަދާލް އެރޭގެ ލަފްޒުތައް އަމުނައިލީލެ ފުރިހަމަކަމާއި އެރެއަށްޓަކައި ތައްޔާރުވީލެ ފުރިހަމަކަން ހިތަށް އަރުވައިލަމުންނެވެ. ނަދާލްގެ އާންމު އުސޫލުގައި ހުންނަ ގޮތް ބޮޑުކަމާއި ޚަރަދު ބޮޑުކަން މުޅީން ދޫކޮށްލުމަށްފަހު އޭނާއަށް ކަމުދާ ކަހަލަ ސާދާ އަދި އެހާމެ ހާއްސަ ގޮތަކަށް އެ ހުށަހެޅުން ހުށަހެޅުމުން އައިލީންއަށް ނަދާލް އޭނާ ދަސްކޮށްފައިވާ މިންވަރު އިހުސާސް ކޮށްލެވުނެވެ.

އައިލީންގެ ހިތުގައި ދައުރުވަމުންދިޔަ ޝުއޫރުތަކުގެ ހިލަމެއް ނުވާހާލު ނަދާލްގެ ހިތް ދިޔައީ ނުތަނަވަސްކަމުން ފުރެމުންނެވެ. އަތްފައިން ލޮނުދާ ހިއްލަމުން ދިޔައިރު ހިތްވެސް ހީވަނީ ދެންމެދެންމެ މޭ ފަޅާފައި ނުކުމެދާނޭ ހެނެވެ. ކެތްތެރިކަން ކުޑަވަމުން ގޮސް އެއްޗެކޭ ބުނެވެން އުޅޭ ކޮންމެ ފަހަރަކު ދުލުގައި ދަތް އަޅައިލަނީ އައިލީންގެ ގޮތް ނިންމުމުގެ މިނިވަންކަމާއި އިހުސާސްތަކަށް ކުޑަވެސް ނުފޫޒެއް ނުފޯރާނަމޭ ހިތުލަމުންނެވެ.

"ދިސް އިޒް ޗީޓިންގް" ދެތިން ގަޑިއިރަށްވުރެ ދިގުހެން ހީވި ދެތިން މިނަޓުގެ އިންތިޒާރަށްފަހު އެންމެ ފަހުން އައިލީންގެ އަޑު ނަދާލްގެ ކަންފަތުގައި ޖެހިލައިފި އެވެ. އެއާއެކު އޭނާއަށް ބުމަ ގޮށްޖަހައިލެވުނީ އައިލީން އެ ބުނި އެއްޗެއް ދޭހަކުރަން މަސައްކަތް ކުރަމުންނެވެ.

"އިޓްސް އޯލްރެޑީ އަންފެއަރ ދެޓް ޔޫ ޔޫޒްޑް ޕްރައިޑް އެންޑް ޕްރެޖުޑިސް އަގައިންސްޓް އަ ލިޓްރޭޗަރ ސްޓޫޑަންޓް.. ބަޓް ހައު ކޭން ޔޫ ކުއޯޓް މިސްޓަރ ޑާރސީ އެންޑް އެކްސްޕެކްޓް މީ ޓު ސޭ ނޯ؟" އައިލީން ތުން ބިންދާލައިގެން އިނދެ ބުނެލި އެވެ.

"އިޒް..އިޒް ދެޓް؟"

"ޔެސް.. ޔެސް އޮފްކޯސް! އައިލް މެރީ ޔޫ ޔޫސުފް ނަދާލް!" ނަދާލްއަށް އޭނާގެ ސުވާލު ރަނގަޅަށް ފުރިހަމަވެސް ނުކުރެވެނީސް އައިލީން އޭނާގެ ކަނދުރާގައި އެލިގަންނަމުން އުނގަށް ވެއްޓިގަތެވެ. އެފަދަ ކަމަކަށް ވިސްނާލެވިފައި ނެތުމުން ނަދާލްއަށް އިރުކޮޅަކު ހުއްޓުން އަރާފައި އިނދެވުނަސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އައިލީންގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން އިތުރަށް ބާރަށް ބައްދައިލި އެވެ. އައިލީންގެ ބުޅި އިސްތަށިގަނޑުގައި ނޭފަތް ޖައްސައިލަމުން އެތެރެއަށް ދަމައިލި ނޭވާ އަނގައިން ދޫކޮށްލީ އެ ހުރިހާއިރު ހަމަ ނޭވާވެސް ނުލެވިފައި އިން މީހަކު ފަދައިންނެވެ. އައިލީން އޭނާއާ ދުރުވެލުމާއެކު ދެލޯ ފޮހެލުމަށްފަހު ފޮށީގެ ތެރޭގައި އޮތް އަނގޮޓި ނަގައި އައިލީންގެ އަތުގައި އަޅުވައިދިނެވެ.

"ތެންކްޔޫ ބޭބީ.. ތެންކްޔޫ ސޯ މަޗް" ނަދާލް ލޯތްބާއެކު އެ އަނގޮޓީގެ މަތިން އައިލީންގެ އަތުގައި ބޮސްދިނެވެ. "ސީ އިފް ޔޫ ލައިކް އިޓް"

އައިލީން ނަދާލްއާއެކު ސޯފާގައި އިށީނދެލުމަށްފަހު ތަންކޮޅެއް ރަނގަޅަށް އަތުގައި އޮތް އަނގޮޓިއަށް ބަލައިލި އެވެ. އޭގެ ފުރިހަމަކަމުން އޭނާގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔަ އެވެ. ގަދަ ނޫކުލައިގެ ވިދުންގަދަ އެހެއްގެ ދެފަރާތުގައި ރިހި ކުލައިގެ ދެ ހަނދުފަޅިވާހެން ފަރުމާކުރެވިފައިވާ އެ ރިހި އަނގޮޓީގެ ފުރިހަމަކަމާ ގާތްކުރެވޭ އިތުރު އެއްވެސް ގަހަނާއެއް އޭނާގެ ހަޔާތުގައިވެސް ދެކެފައެއް ނުވެ އެވެ.

"އިޓްސް ސޯ ބިއުޓިފުލް" އައިލީންގެ ޖަވާބާއެކު ނަދާލް ސޯފާގެ ލެގޭބައިގެ މައްޗަށް ބޯ އެލުވާލަމުން ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލި އެވެ.

"އައިމް ސޯ ރިލީވްޑް.. ލޫނާއަކަށް ނޭނގޭނެ ތި ދިނީ އަހަރެންނަށް ކިހާ މުހިއްމު ޖަވާބެއް ކަމެއް.. ކުރީ ރޭ ލޫނާ ވާހަކަ ދެއްކިގޮތުން އަހަރެން ހިއެއްވެސް ނުކުރަން ލޫނާ އެއްބަސްވާނެ ކަމަކަށް.. މިރޭ މިއީ ހާދަ އުފާވެރި ރެއެކޭ... ލޫނާ އަހަރެންނާ ކައިވެނި ކުރަން އެއްބަސްވެ، މައިގެ މަޢާފު ލިބި، ޒެފްގެ ހިޔާލުވެސް ބަދަލުވެއްޖެ"

"ޒެފް؟" އައިލީންއަށް އަހައިލެވުނެވެ.

"ހްމްމް. އެނގެއެއްނު؟ އެއްކަލަ ކަންތަކުގަ.. މިބުނީ އިޒޫ.. އޭރު ޒެފް ސްކޫލް ޕްރޮޖެކްޓް ހުއްޓާލިއެއްނު؟ މިރޭ އަނެއްކާ އޯކޭ ދީފި ކުރިއަށް ގެންދަން. އަހަރެންނަށް ކުރިންވެސް ޔަގީންކަން އޮތް ޒެފް އަދި އެއްބަސްވާނެ ކަމުގަ. ދެން ހާލަތުގެ ގޮތުން ދުވަސް ނެގީތާ ދޯ.. ކޮންމެއަކަސް އިޒޫއަކީ ޒެފްގެ ހަމައެކަނި ކޮއްކޮ" ނަދާލް ބުންޏެވެ.

"އެންޑް ޝީ ވޯޒް ސަޗް އަ ސްވީޓް ގަރލް" އައިލީން އިސްޖަހައިލަމުން އޭނާގެ އަތާ ގުޅިފައިވާ ނަދާލްގެ އަތުގެ އިނގިލިތަކާ ކުޅެން ފެށި އެވެ.

ނަދާލްއަށް އިޒްކާގެ ހަގީގަތް އެނގިފައިވުމާއެކު އައިލީންގެ ވާހަކައާ މުޅިއަކުން އެއްބަހެއް ނުވެވުނެވެ. އެހެނެއްކަމަކު އޭނާ ހިމޭންކަން އިޚްތިޔާރުކުރީ އިޒްކާގެ އަމަލުތަކުގެ ފަހަތުގައި އޭނާއަށް އިޒްކާއާ ދޭތެރޭ ވެވުނު އިހުމާލުވެސް ވަރަށް ބޮޑަށް ވާކަން ގަބޫލު ކުރެވޭތީ އެވެ.

"ތެދަށް ބުނަންޏާ ބައެއް ފަހަރު ވަރަށް ގިލްޓީވޭ.. ހިތަށް އަރާ ނަދާލް ކީއްވެބާއޭ އެކަހަލަ ކުއްޖަކު ހުއްޓާ އަހަރެން ޗޫޒް ކުރީ. ވޯޒް ސޯ ކައިންޑް އެންޑް ވާރމް.. އޯލް ސަންޝައިން އެންޑް ރެއިންބޯޒް.." ނަދާލްގެ މޭގައި ބޯ އަޅައިލަމުން އައިލީން ބުންޏެވެ.

"އައި ޑޯންޓް ނޯ ލޫނާ.. އައި ނެވަރ ލައިކްޑް ރެއިންބޯޒް އޯކޭ؟ ދޭ އަރ ޖަސްޓް ސޯ ފޭކް" ނަދާލް އައިލީންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ބުންޏެވެ.

"ރެއިންބޯޒް؟ ފޭކް؟" އައިލީން އެއްބުމަ ހިއްލައިލި އެވެ.

"ހްމްމް. ޔޫ ސީ ހައު ރެއިންބޯޒް ކާންޓް ޕިކް އަ ސައިޑް؟ ވާރޭ ވެހިފަ އަދި އަވިވެސް ދެންޏާ ނޫނީ ނުފެންނާނެ. ސޯ ޔާ.. ދޭ ރިމައިން މީ އޮފް އެވްރީތިންގް ފޭކް. ފޭކް ފްރެންޑްޝިޕްސް.. ފޭކް ސިމްޕަތީ.. ފޭކް ލަވް.. ފޭކް ސްމައިލްސް ލައިކް ދަ ވަންސް މައި މޯމް ހެޑް ވެން ޝީ ވޯޒް ޑައިންގް" ނަދާލްގެ ޖުމްލައިން ހިސާބަކަށް ސިހިފައި އައިލީން ނަދާލްއާ ދުރަށް ޖެހިލި އެވެ.

"ހަނދާންވޭ ނަދާލް ކުރިންވެސް ތިހެން ބުނި ހަނދާން. ދެޓް ޔޫ ޑިސްޕައިޒް ފޭކް ސްމައިލްސް މޯރ ދޭން އެނީތިންގް. ދެއަރ.. ދެއަރ އިޒް އަ ރީޒަން ފޯރ ދެޓް؟" އައިލީންއަށް އަހައިލެވުނެވެ. އޭނާއަށް އަދިވެސް ނަދާލްގެ މާޒީއާ ބެހޭގޮތުން އެނގިފައިވަނީ ކުޑަ މިންވަރެއްތާ އެވެ.

"މައި މޯމް ޝީ.. ޝީ ވޯޒް ސަފަރިންގް ލޫނާ.. އެންޑް އައި ހެޑް ނޯ ކްލޫ ބިކޯޒް އޮފް ދަ ޑޭމްންޑް ސްމައިލްސް. އަހަރެންނަށް އެނގުނުއިރު މާ ބޮޑަށްވެސް ލަސްވެއްޖެ" ނަދާލް އަމިއްލަ ކޮލުގައި ދަތް އަޅައިލީ އެވެ. އެ ހިތި ހަނދާންތަކުން އަދިވެސް އޭނާއަށް އަސަރުކުރެ އެވެ.

"ވެދާނެއެއްނު.. މަންމަ ބޭނުން ނުވީކަމަށް މަންމަގެ ބަލިހާލު ނަދާލްއަށް އަންގަން. އޭރު ނަދާލްއަކީ ހަގީގަތާ ކުރިމަތިލެވޭ ވަރަށްވުރެ މާ ކުޑަ ކުއްޖެއްނު" އައިލީންއަށް ބުނެވުނެވެ.

"ބަޓް އިޓް ވޯޒް އޮންލީ އަ މެޓަރ އޮފް ޓައިމް. މަންމަ މަރުވީމަ އެ ހަގީގަތާވެސް ކުރިމަތިލީ ހަމަ އެ ކުޑަ ކުއްޖާއެއްނު. ޝީ ވޯޒް އޯލް އައި ހެޑް. މަންމަގެ އާއިލާއަކީ ކެތޮލިކް އާއިލާއެއް. އެމީހުންގެ ގަބޫލު ކުރުންތަކުގަވެސް ކައިވެނީގެ ބޭރުން ބާއްވާ ގުޅުންތައް ބަލައެއް ނުގަނޭ. އެހެންވެ މަންމަގެ އާއިލާއިންވެސް އަހަރުމެންނާ އެއްކޮށް ގުޅުން ކަނޑާލީ. އުމުރުން ދިހަ އަހަރުވަންދެން އަހަރެންގެ ހުރި ހަމައެކަނި މީހަކީ މަންމައޭ ލޫނާ. ބަޓް އައި ވޯޒް މޯރ ދޭން ފައިން ވިތް ދެޓް. އާއިލާއާއި ރައްޓެހިން ނެތުމުގެ ފަޅުކަން އިހުސާސް ނުވާ މިންވަރަށް މަންމަ އަހަރެންނަށް ލޯބި ދިން. އަހަރެން ލޯބިވާ ހުރިހާ ކަމެއް އަހަރެންނަށް ދަސްކޮށްދިން މީހަކީ މަންމަ. ޑާންސިންގް.. ކުކިންގް.. އައި މީން އިފް ޔޫ ހޭވް ޓު ލާރން ވަން ތިންގް އިން ނަޕޯލީ އިޓް ހޭޒް ޓު ބީ ދަ ކުޒީން ރައިޓް؟ މަންމަ މަސައްކަތްކުރީ ކުޑަ ރެސްޓޯރެންޓެއްގަ ޝެފެއްގެ ގޮތުގަ. ވަރަށް ދަސްކޮށްދޭ ހިތުން އަހަރެންނަށް ކައްކަން ދަސްކޮށްދިނީ. މަންމަގެ އޮފް ދުވަސް ދުވަހު އަހަރެން ގޮވައިގެން ބީޗަށް ގޮސް ފަތަން ދަސްކޮށްދޭނެ. އެންޑް ދިސް ވަން ޓައިމް ވީ ޓުކް އަ ފެރީ ޓު އަމާލްފީ. ދެޓް ޕްލޭސް އިޒް ސަރިއަލް ލޫނާ. ވީ ހެޑް ގުޑް ޓައިމްސް.. އައި ވޯޒް ހެޕީ ޖަސްޓް މީ އެންޑް ހަރ.. އައި ޑިޑިންޓް އާސްކް ފޯރ މައި ޑޭޑް އޯރ އަ ފެމިލީ.. އައި ޑިޑިންޓް އާސްކް ޓު ގޯ ޓު ސްކޫލް ބިކޮޒް އައި ނިއު ވީ ވަރ ބެއަރލީ އެފޯރޑިންގް ރެންޓް! އެހާ ކުޑަ އިރުވެސް އަހަރެން މަސައްކަތް ކުރީމޭ މަންމަގެ ސިޗުއޭޝަން އަންޑަރސްޓޭންޑް ވާން. ސޯ އައި ޑިޒަރވްޑް ޓު ނޯ އިފް ޝީ ވޯޒް ޑައިންގް. އައި ޑިޒަރވްޑް ޓު ނޯ އިފް ޝީ ވޯޒް ލީވިންގް މީ އޯލް އެލޯން!" ފަނަރަ އަހަރުވަންދެން ހިތުގައި ބަހައްޓައިގެން އުޅުނު ޝަކުވާތައް ނަދާލްގެ ދުލުން ބޭރުވެ ދިޔައިރު އޭނާގެ ދެލޯވެސް ދިޔައީ ފެންކަޅި ވަމުންނެވެ. "މަންމަގެ ޓްރީޓްމެންޓަށް ސްޕޮންސަރއެއް ލިބުނު ފަހުން އަހަރެންނަށް މަންމަ ބަލިކަންވެސް ރޭކާލީ. އޭރު ޝީ ވޯޒް އެޓް ދަ ލާސްޓް ސްޓޭޖް. އައި ލޮސްޓް ހަރ. އެކަމަށް ތައްޔާރުވާކަށްވެސް މަންމަ އަހަރެންނަށް ފުރުސަތެއް ނުދިން.. އޯލް ހަރ ސްމައިލްސް.. އޯލް ހަރ ލަވް.. އިޓް ވޯޒް ފޭކް"

"ޝްޝްޝް.. ތިހެން ނުބުނޭ. އަހަރެންނަށް ޔަގީން ނަދާލްދެކެ ވަރަށް ލޯބިވާތީކަން މަންމައަށް އެވާހަކަ ބުނާނެހާ ހިތްވަރު ނުލިބުނީ" އައިލީން މަސައްކަތްކުރީ ނަދާލްއަށް ވިސްނައިދެވޭތޯ އެވެ.

"ނޮޓް އިނަފް ލޫނާ... އަހަރެންނަށްޓަކައި ދިރިހުންނަހާ މިންވަރަކަށް މަންމަ އަހަރެންދެކެ ލޯތްބޭ ނުވޭ! ޝީ ޗޯޒް ޓު ސްމޯކް ހަރ ވޮރީޒް އަވޭ އަންޓިލް ހަރ ލަންގްސް ގޭވް އަޕް!" ނަދާލް އޭނާގެ ދެލޮލުން ފައިބައިގަންނަން ތައްޔާރުވެފައިވި ކަރުނަތައް ފޮހެލައި ނޭފަތް ދަމައިލި އެވެ.

"ނަދާލް.. ތިކަހަލަ އެއްޗެހި ހިތަށް ނާރުވަބަލަ. ނަދާލް އެންމެ ފަހަރަކުވެސް މަންމަގެ ޝޫޒަށް އަރައިގެން ތި ކަންކަމާމެދު ވިސްނާލިންތަ؟ ނަދާލްގެ މަންމަ އެންމެ ލޯބިވި މީހާ އެވަރުގެ ދޯކާއެއް ދީފަ ދިޔައިމަ އެ ހިތާމައިން އަރައި ނުގަނެވެނީސް ތި ބުނީ އާއިލާއިން މަންމައާ ގުޅުން ކަނޑާލި ވާހަކަ. ނަދާލްއަށް ދުވަހަކުވެސް އެ އާއިލާގެ ލޯބި ނުލިބޭތީ އެ ފަޅުކަން އިހުސާސް ނުކުރެވުނަސް މަންމަގެ ހިތަށް ކުރާނެ އަސަރު ވިސްނާލަބަ. އަމިއްލަ މައިންބަފައިން.. ކޮއްކޮމެން.. ދައްތަމެން.. ބޭބެމެން.. ދުނިޔޭގަ ތިބެމެ ނެތް ބަޔަކު ކަމަށް ހަދައިގެން އުޅެން މަޖުބޫރުވުން.. އެކަމުގެ ހިތްދަތިކަން އެހެން އެކަކަށްވުރެވެސް ބޮޑަށް އެނގޭނީ އަހަރެންނަށް ދޯ؟ އަދި އެންމެ ބޮޑު ކަމަކަށް ޝީ ހޭޑް ޓު ޓޭކް ޔޯރ ރެސްޕޮންސިބިލީ. މާބަނޑުއިރު އެވާ ހުރިހާ އުނދަގުލަކާއެކު.. އެކަނިމާއެކަނި ވިހެއުމުގެ ހުރިހާ ވޭނެއް ތަހައްމަލުކޮށް ނަދާލް ދުނިޔެއަށް އުފަން ކުރީ.. އެހުރިހާ ކަމަކާ ކޯޕް ކުރަން މަންމައަށް ހިޔާރު ކުރެވުނީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ވެދާނެ. ސޯ ޕްލީޒް.. ނަދާލްގެ ހިތުގަ މަންމައާމެދު ހިތް ބުރަކަމެއް ނުބާއްވާ"

އައިލީންގެ ވާހަކަތައް އިވި ނަދާލްއަށް އޭނާގެ މަންމަގެ ދިރިއުޅުމާމެދު ތަފާތު ނަޒަރިއްޔާތަކުން ވިސްނައިލެވުނެވެ. އާނއެކެވެ. މަންމަގެ ނޭވާ ހުއްޓުނީ އޭނާގެ އުމުރުން ދިހަ އަހަރުގައި ކަމަށްވިޔަސް އޭނާ އެ މަންމަގެ ބަނޑަށް ގަރުބަގަތް ދުވަހުއްސުރެން އެ މަންމަގެ ދިރިއުޅުން އެފުށް މިފުށަށްޖެހި ވަޅުލެވިގެން ދިޔަކަމީ ބަދަލު ނުކުރެވޭނޭ ހަގީގަތެވެ.

"ނަދާލް އަހަރެންނަށް ވައުދުވޭ.. މަންމައާމެދު ނަދާލްގެ ހިތުގަ ކުޑަވެސް ޝަކުވާއެއް އޮތިއްޔާ މިއަދުން ފެށިގެން އެ ޝަކުވާއެއް ފޮހެލާނަން ކަމުގަ" އައިލީން އޭނާގެ އަތް ނަދާލްގެ ކުރިމަތީގައި ހުޅުވައިލި އެވެ.

ނަދާލްއަށް ހިނދުކޮޅަކު އައިލީންގެ މޫނަށް ގެއްލިފައި އިނދެވުނުއިރު އައިލީން އެ ބުނި ބަސްތައް އޭނާގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިގެންދިޔަ އެވެ. އޭނާގެ މަންމަދެކެ އޭނާއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ލޯބިވާ އިތުރު ފަރާތެއް ދުނިޔޭގައި ހުރިކަން އެނގުމާއެކު ހިތަށް ބުނެދޭން ނޭނގޭ އުފަލެއް ލިބުނެވެ.

"ގޯޝް ބޭބީ.. ހައު ކޭން ޔޫ ސްޓިލް އާސްކް ވައި އައި ޗޯޒް ޔޫ؟" ނަދާލް ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން އައިލީންގެ އަތް މަތީގައި އަތް ބާއްވައިލި އެވެ.

*************

ކޮތަޅުން ނެގި ހަދިޔާތައް މޭޒުމަތީގައި ފަތުރައިލުމަށްފަހު މައިރާ މޭޒުގެ އެއްކަނުން އަނެއްކަނަށް ނަޒަރު ހިންގައިލި އެވެ. ލައިގެން ހުރި ސޫޓުގެ ޖެކެޓު ބާލައި އެނދުމައްޗަށް އެއްލުމަށްފަހު ގޮނޑިއެއް ހިފައިގެން އައިސް އެއިން ފަހަރަކު ހަދިޔާއެއް ކަނޑައި ބަލަމުންދިޔައިރު އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. ނަޝްވާ ދިން ކަންފަތުލާ އެތިކޮޅާ ގުޅޭނެހެން މާއިޒް ހަދިޔާ ކޮށްފައިވާ ގަޑިއާއި، ނަދާލް ދިން ލުބޫޓިން ބޫޓު އަދި އައިލީންގެ އަތުން ވިޔެގެން ހަދިޔާ ކޮށްފައިވާ ސްކާރފްވެސް އޭނާއަށް ނުހަނު ކަމުދިޔަ އެވެ. އެންމެ ފަހު ހަދިޔާއެއްގެ ގޮތުގައި މައިރާ ކެނޑީ ހީރަސް ޖަހައިގެން ބަންދު ކުރެވިފައިވާ ހުދު ކުލައިގެ ކޮތަޅެކެވެ. އޭގައިހުރި ފޭރުތައް ފެނުމާއެކު އޭނާގެ މޫނު އުޖާލާވެގެން ދިޔަ އެވެ. އިތުރަށް އެ ކޮތަޅު ހުޅުވައިލުމާއެކު ދިގުއަކައެއްގެ ބައްޓަމަށް އޮތް ކަޅު ކުލައިގެ ފޮށްޓެއް އޭނާގެ އަތުގައި ޖެހުނެވެ. އޭގައި އޮތް ސޮއިކުރާ ގަލަން ފެނި ނިކަން ޝައުގުވެރިކަމާއެކު ބަލައިލިހިނދު ނުހަނު ފަސޭހައިން އޭގައި ކަނޑައި ނެގިފައިވި އިނގިރޭސި "އައި" އަކުރު އޭނާގެ ލޮލުގައި އަޅައިގަތެވެ. މައިރާ ކުޑަކޮށް ވިސްނައިލުމަށްފަހު އެ ކޮތަޅާއި ގަލަމުގެ ފޮޓޮއެއް ނަގައި މެސެޖަކާއެކު އިވާންއަށް ފޮނުވައިލި އެވެ.

"ޔޫ ސްޓިލް އޯވް މީ ފްލަވަރޒް ފޯރ ރުއިނިންގް ޒެފްސް" އިވާން ހަލާކުކޮށްލި ގުލްދަސްތާއަށް އިޝާރާތްކޮށް މައިރާ ކުރި މެސެޖު މިނެޓެއް ފާއިތުވެ ދިޔައިރުވެސް ބެލިގޮތަށް ރައްދެއް ނުލިބި އޮތީ އެވެ.

"ވައި ދަ ޕެން؟ އައި ނޯ އިޓްސް ޔޯރ ފޭވްރިޓް" މައިރާ އިތުރު މެސެޖެއް ފޮނުވައިލި އެވެ. މިފަހަރު ހައެއްކަ ސުކުންތުގެ ތެރޭގައި މައިރާއަށް އޭގެ ޖަވާބެއް ލިބުނެވެ. އެހެނަސް އެ މެސެޖު ފެނުމާއެކު މައިރާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގޮސް އޮއްސިގެންދިޔަ އިރެއް ފަދައިން އެ މޫނުމަތި މިލައި މޯޅި ވެއްޖެ އެވެ.

"އައި ހޭވް ނޯ ޔޫޒް އޮފް އިޓް.. ތޭންކްސް ޓު ޔޫ"

މައިރާގެ އަތަށް ކަށްޓެއް ހެރުނު ފަދައިން ފޯނު މޭޒުމައްޗަށް ދޫކޮށްލުމަށްފަހު ގޮނޑި މައްޗަށް ކުރުކޮށްލި ދެފައިގައި ބައްދައިލި އެވެ.

← Back to Story ← Previous Next →

How did you like this episode?

Reader Comments (0)

Share Your Thoughts

No comments yet

Be the first to share your thoughts about this episode!